Ads by
ޚަބަރު
އީރާނުގެ އެމްބަސީއަށް ދިން ނުރައްކާތެރި ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
ސީރިއާގައި ހުންނަ އީރާނުގެ އެމްބަސީއަށް ދިން ހަމަލާގައި އެމްބަސީ ހުރި އިމާރާތް ވަނީ އެއްކޮށް ހަލާކުވެފައި - ފޮޓޯ:އޭޕީ

ސީރިޔާގެ ވެރިރަށް ދިމިޝްޤުގައި ހުންނަ އީރާނުގެ އެމްބަސީއަށް ޔަހޫދީ ފައުޖުން ދިން ނުރައްކާތެރި ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

Ads by Eki Online

ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޔަހޫދީންގެ މި ހަމަލާގައި އީރާނުގެ އަސްކަރިއްޔާއަށް ނިސްބަތްވާ ހަތް މެންބަރުން ޝަހީދުކޮށްލާފައިވާ ކަމަށެވެ. މި ހަމަލާގައި އީރާނުގެ ޚާރިޖިއްޔާގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ވެސް ޝަހީދު ކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިރާނުގެ އެމްބަސީއަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނީ ގައުމުތަކުގައި ހުންނަ މިފަދަ ޑިޕްލޮމެޓިކް މިޝަންތަކަށް އަމާޒުކޮށް ހަމަލާ ދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށެވެ.

މި ހާދިސާގައި ޝަހީދުވި މީހުންގެ އާއިލާތަކުގެ މެންބަރުންނަށާއި ހާލުގައި ޖެހުނު އެންމެހާ ފަރާތްތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަނީ ތައުޒިޔާ ފޮނުވާފައެވެ.

އީރާނުގެ އެމްބަސީއަށް ދިން ހަމަލާގައި އެމްބަސީ ހުރި އިމާރާތް އެއްކޮށް ހަލާކުވެފައިވާއިރު، މި ހަމަލާ ރަޝިޔާ އާއި ޗައިނާގެ އިތުރުން އެކި ގައުމުތަކުން ވަނީ ކުށްވެރިކޮށްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *