Ads by
ޚަބަރު
އީދު ބަންދު ނިމެންދެން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް: ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލަން ނިންމެވީ ރަމަޟާން މަހުގެ ފަހު 10 ގައި ސަރުކާރު ބަންދުވުމާ ގުޅިގެން ކަމަށް - ފޮޓޯ:ރައްޔިތުންގެ މަޖިލިސް

ކުރިއަށް އޮތް އީދު ބަންދު ނިންމެންދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލުމަށް ނިންމައިފިއެވެ.

Ads by Eki Online

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލަން ނިންމެވީ ރަމަޟާން މަހުގެ ފަހު 10 ގައި ސަރުކާރު ބަންދުވުމާ ގުޅިގެން ކަމަށެވެ. މިހާތަނަށް މަޖިލީހުން އަމަލުކޮށްފައިވާ ގޮތުން ޖަލްސާތައް ބާއްވަމުން ދަނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވެފައި ވަނީ ސަރުކާރު މުވައްޒަފުންގެ މަސައްކަތު ގަޑި އާ އެއްގޮތަށް މަޖިލީހުގެ މުވައްޒަފުންގެ މަސައްކަތު ގަޑި ވެސް އޮންނައިރު ހޯމަ ދުވަހު ބޭއްވި ޖަލްސާގެ މަސައްކަތުގައި މުވައްޒަފުން ހަރަކާތްތެރިވީ ޗުއްޓީ ދުވަހެއްގެ ގޮތުގައި ކަމަށެވެ. އީދު ބަންދަށް ފަހު މަޖިލީހުގެ ޖަލްސާތައް ފަށާނެ ކަމަށް ވިދާޅުވި ކަމުގައި ވީނަމަވެސް ޖަލްސާތައް އަލުން ފަށާނެ ވަކި ތާރީހެއް އަސްލަމް އިއުލާނުކުރައްވާފައެއް ނުވެއެވެ.

ހިނގަމުންދާ 19 ވަނަ މަޖިލީހުގެ ދައުރު އަންނަ މަހުގެ 27 ވަނަ ދުވަހަށް ހަމަވާއިރު، 20 ވަނަ މަޖިލިސް ހޮވުމަށް ބާއްވާ އިންތިހާބު މި މަހުގެ 21 ވަނަ ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *