Ads by
ޚަބަރު
ފިތުރު ޒަކާތް ބަލައިގަންނަ ސުންގަޑިތައް އާންމުކޮށްފި
މީހަކު ފިތުރު ޒަކާތް ދައްކަނީ: ފިތުރު ޒަކާތް ބަލައިގަަންނަން ހަމަޖެހިފައިވާ ސުންގަޑިތައް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ވަނީ އާންމުކޮށްފައި - ފޮޓޯ:ޒަކާތު ހައުސް

ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑިތައް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އާންމުކޮށްފިއެވެ.

Ads by Eki Online

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ވަނީ ކޮންމެތާކު ހުރެގެން ވެސް ފަސޭހަކަމާ އެކު ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސާފައެެވެ. އެގޮތުން ބަނޑޭރި ޕޭ، ބީއެމްއެލް، އެމްއައިބީ، އުރީދޫ، ދިރާގު އަދި ފަހިޕޭ މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ފަހިކޮށްދީފައެވެ.

އަތޮޅުތަކުގައި ފައިސާއިން ފިތުރު ޒަކާތް ބަލައިގަތުން އެ ރަށެއްގެ ކައުންސިލް އިދާރާއިން ހަމަޖައްސާ ގޮތެއްގެ މަތިން ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، އޮންލައިން ޕްލެޓްފޯމްތަކުން ބޭނުން ރަށަކަށް ޒަކާތް ދެއްކޭނެއެވެ. އޭގެ އިތުރުން އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން މީހުންނަށް ހާއްސަކޮށް އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާފައެވެ.

ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑިތައް:

  • ބަނޑޭރި ޕޭ ފިޔަވައި އެހެން ޕްލެޓްފޯމްތަކުން
    އެޕްރީލް ހަ ވަނަ ދުވަހުގެ 23:59 އަށް
  • ބަނޑޭރި ޕޭ
    ރަމަޟާން މަހުގެ ފަހު ދުވަހުގެ 18:00 އަށް
  • އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ބެހެއްޓިފައިވާ ކައުންޓަރުތަކުން
    ރަމަޟާން މަހުގެ ފަހު ދުވަހުގެ 14:00 އަށް
  • ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުން
    ރަމަޟާން މަހުގެ ފަހު ދުވަހުގެ 18:00 އަށް

މި އަހަރު ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 1,599,113 ރުފިޔާ ލިބިފައިވާ ކަމަށް ޒަކާތު ހައުސްއިން ވަނީ ބުނެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *