Ads by
ޚަބަރު
ސައުދީ ސަފީރަކަށް އައްޔަންކުރަން ޠާހާގެ ނަން މަޖިލީހަށް
މުޙައްމަދު ޠާހާ: ސައުދީ ސަފީރަކަށް އޭނާ އައްޔަންކުރަން މަޖިލީހަށް ނަން ވަނީ ފޮނުވާފައި - ފޮޓޯ:ސޯޝަލްމީޑިއާ

ދިވެހިރާއްޖޭން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާ ސަފީރު ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައި މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

Ads by Eki Online

ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) އާއި ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނުގެ 14 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭން ސައުދީއަށް ކަނޑަައަޅާފައި ހުންނަވާ ސަފީރުކަމަށް ނ. ހޮޅުދޫ، އުފަންވެލި މުޙައްމަދު ޠާހާ އައްޔަންކުރެެއްވުމަށް މަޖިލީހުން ގޮތެއް ނިންމައިދިނުމަށް ފޮނުއްވާފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އެ މައްސަލަ، ދިރާސާކޮށް ގޮތެއް ނިންމުމަށް ކަމާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވާފައި ވަނީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

އެއްވެސް ގައުމަކަށް ސަފީރަކު އައްޔަންކުރައްވަން ރައީސް ބޭނުންފުޅުވާ ނަމަ އެ ނަމެއް މަޖިލީހަށް ފޮނުވަން ޖެހެއެވެ. މަޖިލީހަށް ހުށަހަޅުއްވާ ނަންތައް ދިރާސާކޮށް، އެ ފަރާތްތަކާ އިންޓަވިއުކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ.

މަގާމުތަކަށް އައްޔަންކުރަން ހުށަހަޅުއްވާ ނަންތައް ފާސްވާނީ ކޮމިޓީން އެ ފަރާތަކާ މެދު ގޮތެއް ނިންމުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ނެގޭ ވޯޓަކުންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *