Wednesday, 9 September 2026
Ads by

ޕީއެންސީއަށް ތާއީދުކޮށް ”ބޫގާ“ ވާހަކަ ދައްކަނީ އަމިއްލައަށް، ޕާޓީއާ ގުޅުން އޮތް ކަމެއްނޫން!

ޕީއެންސީއަށް ތާއީދުކޮށް ”ބޫގާ“ ވާހަކަ ދައްކަނީ އަމިއްލައަށް، ޕާޓީއާ ގުޅުން އޮތް ކަމެއްނޫން!

އިސްލާމްދީނަށް ފުރައްސާރަ ކުރާ ބޫގާ. އޭނާ ދަނީ ޕީއެންސީގެ ހުއްދަނެތި އެޕާޓީގެ ޕޯސްޓަރުތައް ބޭނުންކޮށް ވީޑިއޯ ހަދަމުން---

މީސް މީޑިއާގެ އެކި މަންސަތަކުގައި، ފާޅުކަން ބޮޑުގޮތެއްގައި އިސްލާމްދީނަށް ފުރައްސާރަކުރާ ޓިކްޓޮކްގައި މަޝްހޫރު އަޙުމަދު އާމިރު ނުވަތަ ”ބޫގާ“ ކޮންގްރެސް ޕާޓީއަށް ތާއީދުކޮށް ވާހަކަދައްކަނީ އަމިއްލައަށް ކަމަށާއި، އޭނާ ދައްކާ ވާހަކަތަކަކީ ކޮންގްރެސް ޕާޓީއާއި އެއްވެސް ގުޅުމެއް އޮތް ކަމެއްނޫން ކަމަށް ޕީއެންސީން ބުނެފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން އެޕާޓީން މިއަދު އެކްސްގައި ޚިއްޞާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ތުހުމަތުގައި ފުލުހުން ހޯދަމުންދާ މީހަކު، ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކޮށް މީސް މީޑިއާގައި ވާހަކަދައްކާފައިވުމަކީ، އެޕާޓީއާއި އެއްވެސް ރަސްމީ ގުޅުމެއް އޮތް ކަމެއްނޫން ކަމުގައި ދަންނަވާ ކަމަށެވެ. ޕީއެންސީން ބުނެފައިވަނީ، އިސްލާމްދީނަށް ފުރައްސާރަ ކުރުން ފަދަ ޢަމަލުތައް އެޕާޓީން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ”ބޫގާ“ ހޯދަން އިޢުލާންކުރުމާއިއެކު، އޭނާއަކީ ޕީއެންސީއަށް ތާއީދުކުރާ މީހެއް ކަމަށް ދައްކައި، ޢާންމުންނަށް އޮޅުވާލައި، ޕީއެންސީގެ އަގު ވައްޓާލުމަށް އޭނާ ވަނީ މަސައްކަތްކޮށްފައެވެ.

ޚާއްޞަކޮށް ޕީއެންސީގެ ޓިކެޓުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލަށް ތާއީދުކުރާ ކަމަށް ބުނެ ޕީއެންސީގެ ހުއްދައެއްނެތި އެޕާޓީގެ ކެމްޕޭނު ޕޯސްޓަރުތައް ބޭނުންކޮށްގެން ”ބޫގާ“ ދަނީ މީސް މީޑިއާގައި އެކިކަހަލަ ވީޑިއޯތައް ޢާންމުކުރަމުންނެވެ. އޭނާ މިކަން ފަށާފައިވަނީ އިސްލާމްދީނަށް ފުރައްސާރަކުރި މައްސަލައިގައި ފުލުހުން އޭނާ ހޯދައި، ތަޙުޤީޤަށް ހާޒިރުކުރުމަށް އެންގުމުން އެކަމުގެ ރުޅީގައި ކަމަށް ބެލެވެއެވެ.

މިކަމާއި ގުޅިގެން ”އެކިއެމްވީ“ އިން ކުރި ސުވާލެއްގެ ޖަވާބުގައި ޕީއެންސީގެ ކެމްޕޭން ޓީމުގެ އިސް އޮފިޝަލަކު ވިދާޅުވީ، އެއީ ޕީއެންސީގެ ތާއީދުއޮވެގެން ނުވަތަ ޕީއެންސީއަށް އެނގިގެން ހިނގާ ކަމެއް ނޫން ކަމަށާއި، އެއީ އޭނާގެ އަމިއްލަ ޚިޔާލުކަމަށެވެ. އަދި އިސްލާމްދީނަށް ފުރައްސާރަ ކުރާ އެއްވެސް ބަޔަކާއެކު ޕީއެންސީން މަސައްކަތް ނުކުރާނެކަމުގެ ޔަޤީންކަންވެސް އޭނާ ވަނީ ދެއްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު