Wednesday, 9 September 2026
Ads by

ޔަހޫދީންގެ ނިރުބަވެރި ހަމަލާތަކުގައި ޚާމަނާއީ އަވަހާރަވެފައިވާކަން އީރާނުން ޔަޤީންކޮށްދީފި

ޔަހޫދީންގެ ނިރުބަވެރި ހަމަލާތަކުގައި ޚާމަނާއީ އަވަހާރަވެފައިވާކަން އީރާނުން ޔަޤީންކޮށްދީފި

އިޒުރޭލާއި އެމެރިކާ ގުޅިގެން އިއްޔެ އީރާނަށް ދިން ނިރުބަވެރި ހަމަލާތަކުގައި އެޤައުމުގެ ރޫޙާނީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ އަވަހާރަކޮށްލާފައިވާކަން އީރާނުން ޔަޤީންކޮށްދީފިއެވެ.

Ad Image
Ads by

ޔަހޫދީންގެ ނިރުބަވެރި ހަމަލާތަކުގައި ޚާމަނާއީ އަވަހާރަކޮށްލާފައިވާކަން އީރާނުގެ ދަޢުލަތުގެ މީޑިއާއިން ވެސް މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ. ޔަހޫދީންގެ ހަމަލާތަކުގައި ޚާމަނާއީގެ އިތުރުން އެމަނިކުފާނުގެ ދަރިކަނބަލުންނާއި، ދަނބިދަރިކަލުންގެ އިތުރުން ކާފަ ދަރިކަލުންވެސް ވަނީ އަވަހާރަކޮށްލައިފައެވެ.

ޔަހޫދީންގެ ހަމަލާތަކުގައި ޚާމަނާއީ އަވަހާރަކޮށްލާފައިވާކަން އިޒުރޭލާއި އެމެރިކާ އިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އެގޮތުން އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިކަމާ ގުޅިގެން ބުނެފައިވަނީ ”އަހަރެމެންގެ ހަމަލާތަކުގައި އަނިޔާވެރި ޚާމަނާއީ އަވަހާރަކޮށްލާފައިވާ“ ކަމަށެވެ. ނަމަވެސް މީގެކުރިން އީރާނުން ވަނީ މިއީ ދޮގު ވާހަކައެއް ކަމަށާއި ޚާމަނާއީ ހުންނެވީ ހެޔޮ ޙާލުގައި ކަމަށް ބުނެފައެވެ.

އިއްޔެ ފެށި ސަރަޙައްދީ ހަމަނުޖެހުންތަކުގައި އިޒުރޭލާއި އެމެރިކާއިން ވަނީ އީރާނުގެ ވެރިރަށް ތެހެރާނަށް ވަރުގަދަ ހަމަލާތަކެއްދީފައެވެ. އެގޮތުން ރޫޙާނީ ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީގެ އޮފީސް ހިމެނޭ ސަރަޙައްދަށްވެސް އިޒުރޭލުން ވަރުގަދަ މިސައިލް ހަމަލާތައް އަމާޒުކުރިއެވެ. ބެލެވޭގޮތުގައި ޚާމަނާއީ އަވަހާރަވެފައިވަނީ އެމަނިކުފާނުގެ އޮފީހަށް އަމާޒުކޮށް ޔަހޫދީން ދިން ހަމަލާތަކުގައެވެ. ނަމަވެސް އީރާނުން ބުނެފައިވަނީ ހަމަލާތައް އަމާޒުކުރި ވަގުތު ޚާމަނާއީ ތެހެރާނުގައި ވެސް ނޫޅުއްވާ ކަމަށާއި އެމަނިކުފާނު ހުންނެވީ ރައްކާތެރި ސަރަޙައްދެއްގައި ކަމަށެވެ.

ނިރުބަވެރި އިސްރާއީލާއި އެމެރިކާ ގުޅިގެން ދިން ހަމަލާތަކުގައި އީރާނުގެ ރޫހާނީ ލީޑަރު، އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވިކަން އީރާންގެ ދައުލަތުގެ ޓީވީން މިހާރުވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ.

ޚާމަނައީ އަވަހާރަވެފައިވާކަން އީރާނުން ރަސްމީކޮށް އިޢުލާނުކުރީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

ޚާމަނާއީ އަވަހާރަވިކަން އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އާ ގުޅިފައިވާ ޚަބަރު ފަތުރާ އިދާރާއެއް ކަމަށްވާ ފާސް ނިއުސް އެޖެންސީން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އައިއާރުޖީސީއަކީ އީރާންގައި އޮތް އެންމެ ވަރުގަދަ އަސްކަރީ ބާރެވެ.

ޚާމަނާއީގެ އިތުރުން އޭނާގެ އަންހެން ދަރިކަނބަލަކާއި ކާފަ ދަރިކަލަކު ވެސް އަވަހާރަވެފައިވާ ކަމަށް ފަރްސް ނިއުސް އެޖެންސީން ބުނެފައިވެއެވެ. އަދި އީރާނަށް ދިން ހަމަލާއެއްގައި އަންހެން ދަރިކަނބަލުންގެ ފިރިކަލުންނާއި ދަރިކަލުން ވެސް އަވަހާރަވީއެވެ.

އެމެރިކާ އަޑީގައި އޮވެގެން އިޒްރޭލުން އީރާނަށް ދިން މިސައިލް ހަމަލާތަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވަނީ، އޭނާގެ މަޤްޞަދު ހާސިލުކުރެވެންދެން ބޮމުގެ ހަމަލާތައް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށެވެ.

އިސްރާއީލާއި އެމެރިކާ ގުޅިގެން ދިން ހަމަލާތަކުގައި އީރާނުގެ ރޫހާނީ ލީޑަރު، އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން ތާރީހުގައިދޭ އެންމެ ގެއްލުން ބޮޑު ހަރަކާތްތައް އިރުކޮޅެއްތެރޭ ފަށާނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ.

މިކަން އިއުލާންކޮށްފައިވަނީ އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި