Ads by
ޚަބަރު
އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ހަސަން އައްޔަނުކުރަން ފާސްކޮށްފި
އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން: އެ ކޮމިޝަންގެ މެންބަރު ކަމަށް އޭނާ އައްޔަންކުރަން ވަނީ ފާސްކޮށްފައި - ފޮޓޯ:އީސީ

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ޒަކަރިއްޔާ އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

Ads by Eki Online

އީސީގެ މެންބަރުގެ ކަމުގެ މަގާމު ހުސްވީ އެ ކޮމިޝަނުގެ ނައިބު ރައީސް ކަމުގައި ހުންނެވި އިސްމާއިލް ހަބީބުގެ މެންބަރު ކަމުގެ ދެވަނަ ދައުރު މިދިޔަ މަހުގެ 13 ވަނަ ދުވަހު ހަމަވުމާ ގުޅިގެންނެވެ. ހުސްވެފައިވާ އީސީގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން ހަސަންގެ އިތުރުން 13 ބޭފުޅަކު ކުރިމަތިލެއްވިއެވެ.

އީސީގެ ހުސްވެފައިވާ މަގާމަށް ހަސަން އައްޔަނުކުރެއްވުމަށް އޭނާގެ ނަން މަޖިލީހަށް ފޮނުވާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.

މިދިޔަ ތިން އަހަރު ދުވަހު އީސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރައްވަމުން ގެންދަވާ ހަސަންގެ ނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 39 މެންބަރުންގެ އިއްތިފާގުންނެވެ.

އިލެކްޝަންސް ކޮމިޝަންގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް އަލީ ނަޝާތާއި ޑރ. މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފެވެ.

އީސީގެ މެންބަރުކަމުގެ ދައުރަކީ ފަސް އަހަރެވެ. ގާނޫނު ބުނާ ގޮތުން އެ ކޮމިޝަންގެ މެންބަރު ކަމުގައި ފުރިހަމަ ކުރެވޭނީ ދެ ދައުރެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *