Ads by
ޚަބަރު
މި ރޯދަ މަހުގެ ފެނާއި ކަރަންޓު ބިލް ކެޕްކުރާނީ މިދިޔަ އަހަރުގެ އެވަރެޖަށް ބަލާފައި
ޔުޓިލިޓީ ކުންފުނިތަކުގެ ވެރިން: މި ރޯދަ މަހު ކަރަންޓާއި ފެން ބިލް ކެޕްކުރާނީ މިދިޔަ އަހަރުގެ އެވަރެޖަށް ބެލުމަށްފަހު - ފޮޓޯ:ޕީއެސްއެމް ނިއުސް

މި ރަމަޟާން މަހުގެ ފެނާއި ކަރަންޓު ބިލު ކެޕްކުރާނީ މިދިޔަ އަހަރުގެ އާންމު މަހެއްގައި ފެނާއި ކަރަންޓަށް ހޭދަކޮށްފައިވާ މިންވަރަށް ބެލުމަށް ފަހު ކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނެފިއެވެ.

Ads by Eki Online

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނީ ރަމަޟާން މަހުގެ ޑޮމެސްޓިކް ކަރަންޓު ބިލަށް ރައްޔިތުން ބޮޑު ހޭދައެއް ކުރަންޖެހޭތީ، އެ ކަމަށް ރައްޔިތުންނަށް ހައްލެއް ހޯދައިދިނުމަށް އާންމު މަހެއްގައި ހުންނަ ވަރަށް މި މަހުގެ ފެނާއި ކަރަންޓު ބިލު ހުންނާނެ ގޮތަށް ކަންކަން ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، މި އަހަރުގެ މާރޗު މަހުގެ ފެނާއި ކަރަންޓުގެ ހިދުމަތަށް ބިލުކުރާއިރު ކޮންމެ ޑޮމެސްޓިކް ފެން އަދި ކަރަންޓު މީޓަރަކުން އާންމު މަހަކާ އެއްވަރަށް ބިލު ކުރުމަށް ވަނީ ނިންމާފައި ކަމަށެވެ.

އާންމު މަހެއްގައި ފެނާއި ކަރަންޓަށް ހޭދަކުރި އެވަރެޖް މިންވަރު ބަލާފައި ވަނީ ފާއިތުވި 2023 އަހަރުގެ ރަމަޟާން މަސް ފަދަ ޑިމާންޑް މަތި މަސްތައް އުނިކުރުމަށް ފަހުގައި ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނި ގޮތުގައި ޑޮމެސްޓިކް ކަސްޓަމަރަށް ބިލުކުރާއިރު މި އަހަރުގެ މާރޗު މަހުގެ ބިލަށް އަރާ އަދަދާއި ރަމަޟާން މަހުގެ ޑިސްކައުންޓުގެ ގޮތުގައި ދެވޭ އަދަދާއި އާންމު މަހެއްގައި އެ ކަސްޓަމަރަކު ބޭނުންކުރި އެވަރެޖް އަދަދު ބިލުން ފެންނަ ގޮތަށް ހިމަނަން ހުރިހާ އާންމު ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކަށް އަންގާފައިވާ ކަމުގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *