Ads by
ޚަބަރު
ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި
މީހަކު ފިތުރު ޒަކާތް ދައްކަނީ: ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަން ވަނީ ފަށާފައި - ފޮޓޯ:ޒަކާތު ހައުސް

ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަން ފަށާފައިވާ ކަަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ބުނެފިއެވެ.

Ads by Eki Online

ޒަކާތު ހައުސްއިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރު ވެސް ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް މި މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަަށެވެ. އެގޮތުން ފިތުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުން ކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރު ކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.

މާލެ ސިޓީގައި ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އަމީނިއްޔާ ސްކޫލް ހޯލުން ކަމަށާއި ޒަކާތް ދައްކަން އަންނަ ފަރާތްތަކުން އެ ސްކޫލުގެ ލިލީމަގު ގޭޓް ބޭނުން ކުރުމަށް ޒަކާތު ހައުސްއިން ވަނީ އެދިފައެވެ.

ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން ހަމަޖެހިފައި ވަނީ ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު މެންދުރު 1:00 އިން ފެށިގެން ހަވީރު 4:00 އަށެވެ. އަދި އެޕްރީލް ނުވަވަނަ ދުވަހު މެންދުރު 1:00 އިން ފެށިގެން ހަވީރު 6:00 އަށް ޒަކާތް ބަލައިގަންނާނެއެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮވާމުގެ ބާވަތްތަކަކީ އާދައިގެ ހަނޑޫ، ތައި ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށެވެ.

މި އަހަރު ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 1,599,113 ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *