Wednesday, 9 September 2026
Ads by

މެދު އިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމާއި ގުޅިގެން އެމްއޭސީއެލްއިން ޓްރަވަލް އެޑްވައިޒަރީއެއް ނެރެފި

މެދު އިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމާއި ގުޅިގެން އެމްއޭސީއެލްއިން ޓްރަވަލް އެޑްވައިޒަރީއެއް ނެރެފި

ޤަތަރު އެއަރވޭސްގެ ފްލައިޓެއް---

މެދު އިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ޓްރަވަލް އެޑްވައިޒަރީއެއް ނެރެފިއެވެ.

Ad Image
Ads by

އެމްއޭސީއެލް އިން ނެރެފައިވާ މި ޓްރެވަލް އެޑްވައިޒަރީގައި، މެދު އިރުމަތީގެ ގިނަ ޤައުމުތަކެއްގެ ވައިގެ ސަރަޙައްދު ބަންދުކުރުމާއި ގުޅިގެން އެސަރަޙައްދުގެ ޤައުމުތަކަށް ދަތުރުކުރާ ފަރާތްތަކުން އެއަރޕޯޓަށް ދިއުމުގެ ކުރިން އެ ފަރާތަކުން ފުރުމަށް ހަމަޖެހިފައިވާ ފްލައިޓުގެ މަޢުލޫމާތު ސާފުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއޭސީއެލްއިން ވަނީ ފަސިންޖަރުން ދަތުރުކުރާ އެއަރލައިންގެ ވެބްސައިޓް ނުވަތަ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދަތުރުގެ އެންމެފަހުގެ މަޢުލޫމާތު ހޯދުމަށް އެދިފައެވެ. މީގެ އިތުރުން ޓުއަރ އޮޕަރޭޓަރުން މެދުވެރިކޮށް ދަތުރު އަދި ފްލައިޓުތަކުގެ މަޢުލޫމާތު ހޯދުމާއެކު، އެފަރާތްތަކުން ފޯރުކޮށްދޭ އިރުޝާދުތަކަށް ތަބާވުމަށާއި ދަތުރުގެ ކަންކަން ދުރާލާ ކުރިން ރޭވުމަށް އެމްއޭސީއެލް އިން ވަނީ އަންގައިފައެވެ.

މެދު އިރުމަތީގެ ވައިގެ ސަރަޙައްދު ބަންދުކޮށްފައިވަނީ އިޒުރޭލާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ހަމަލާތަކާއެކު، ރައްދުގައި އީރާނުން ދޭން ފެށި މިސައިލް ހަމަލާތަކާ ގުޅިގެންނެވެ. ގަލްފް ނިއުސްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އީރާނުގެ މި ރައްދު ހަމަލާތަކުގެ ސަބަބުން ގަލްފްގެ ގިނަ ޤައުމުތަކުން ވަނީ އެޤައުމުތަކުގެ ވައިގެ ސަރަޙައްދު ބަންދުކޮށްފައެވެ. އޭގެތެރޭގައި ޔޫއޭއީ، ޤަތަރު، ކުވައިތު، ބަޙްރެއިންގެ އިތުރުން ޢިރާޤުން ވަނީ އެޤައުމުތަކުގެ ވައިގެ ސަރަޙައްދު ބަންދުކޮށްފައެވެ.

އީރާނުގެ ރައްދު ހަމަލާތަކާއި ގުޅިގެން މުޅި މެދު އިރުމަތީގެ ވައިގެ ދަތުރުތަކައް ވަނީ ބުރޫ އަރައިފައެވެ. ވައިގެ ސަރަޙައްދު ބަންދުކުރުމާއި ގުޅިގެން އެއަރލައިންތަކަށް ވަނީ ފްލައިޓުތައް ކެންސަލް ކުރަން މަޖުބޫރުވެފައެވެ. ދަތުރުތައް މެދުކަނޑާލި އެއާލައިންތަކުގެ ތެރޭގައި އެމިރޭޓްސް އަދި ޤަތަރު އެއަރވޭސް ހިމެނެއެވެ.

އަލް-ޖަޒީރާގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި، މެދު އިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އެމެރިކާއާއި ގުޅުން ހުރި ތަންތަނަށް އަމާޒުކޮށް އީރާނުން ރައްދުގައި ވަނީ މިސައިލް އަދި ޑްރޯން ހަމަލާތަކެއް އަމާޒުކޮށްފައެވެ. އެގޮތުން، ޤަތަރާއި، ޔޫއޭއީ، ބަޙްރެއިން، ކުވައިތު، ސޫރިޔާ، ޢުރުދުންގެ އިތުރުން ޢިރާޤުގައި ހުންނަ މިފަދަ ތަންތަން ހިމެނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި