Wednesday, 9 September 2026
Ads by

މެދު އިރުމަތީގައި ދިރިއުޅޭ ދިވެހިންގެ ހާލަތު މިދަނީ ބަލަމުން: ފޮރިން މިނިސްޓްރީ

މެދު އިރުމަތީގައި ދިރިއުޅޭ ދިވެހިންގެ ހާލަތު މިދަނީ ބަލަމުން: ފޮރިން މިނިސްޓްރީ

ފަޠުޙުﷲ ޖަމީލް ބިލްޑިންގ--- ފޮޓޯ: އެކި އެމްވީ

މިވަގުތު ހަނގުރާމައިގެ ޙާލަތު ގޯސްވެފައިވާ މެދު އިރުމަތީގެ އެކި ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އިން ބުނެފިއެވެ.

Ad Image
Ads by

މެދު އިރުމަތީގައި މިއަދު ފަށާފައިވާ ހަނގުރާމައާ ގުޅިގެން، އެސަރަޙައްދުގެ ޤައުމުތަކުގައި ދިރިއުޅޭ އަދި ދަތުރުކުރާ އެންމެހައި ދިވެހިން ސަލާމަތާ ރައްކާތެރިކަމަށް އަހައްމިއްޔަތުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށް ފޮރިން މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ ބުނެފައެވެ. މީގެ އިތުރުން އެސަރަޙައްދުގެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިން އެޤައުމެއްގެ ސަރުކާރުން ޢާންމުންގެ ސަލާމަތާ ރައްކާތެރިކަމަށްދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. ވަކިން ޚާއްޞަކޮށް ބޭރުތެރެއަށް ނުކުމެ އުޅުން ވީހާވެސް މަދުކުރުމަށް އެމިނިސްޓްރީން އެދިފައިވެއެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވަނީ، އެސަރަޙައްދުގައި މިވަގުތު ތިބި ދިވެހިންގެ ޙާލަތު، މިނިސްޓްރީއާއި މެދު އިރުމަތީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީތަކުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. މީގެ އިތުރުން ބޭނުންވެއްޖެ ހިނދެއްގައި ކޮންސިއުލަރ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން، އެ ސަރަޙައްދުގައި ދިރިއުޅޭ އެންމެހައި ދިވެހިން ވީ އެންމެ އަވަހަކަށް އެންމެ ކައިރީގައި ހުރި ދިވެހިރާއްޖޭގެ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.

އިޒުރޭލާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ހަމަލާތަކާއެކު، ރައްދުގައި އީރާނުން ވަނީ މިސައިލް ހަމަލާތަކެއް މެދު އިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި އެމެރިކާއާއި ގުޅުން ހުރި ތަންތަނަށް ދީފައެވެ. މިކަމުގެ ސަބަބުން މުޅި މެދު އިރުމަތީގެ ވައިގެ ސަރަޙައްދު އެއްކޮށް ބަންދުކޮށް، އެއަރލައިންތަކުން ކުރާ ދަތުރުތައްވެސް މިހާރު ވަނީ ކެންސަލްކުރަން މަޖުބޫރުވެފައެވެ.

އަލް-ޖަޒީރާގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި، މެދު އިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އެމެރިކާއާއި ގުޅުން ހުރި ތަންތަނަށް އަމާޒުކޮށް އީރާނުން ރައްދުގައި ވަނީ މިސައިލް އަދި ޑްރޯން ހަމަލާތަކެއް އަމާޒުކޮށްފައެވެ. އެގޮތުން، ޤަތަރާއި، ޔޫއޭއީ، ބަޙްރެއިން، ކުވައިތު، ސޫރިޔާ، ޢުރުދުންގެ އިތުރުން ޢިރާޤުގައި ހުންނަ މިފަދަ ތަންތަން ހިމެނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި