Wednesday, 9 September 2026
Ads by

މެންބަރު މައުރޫފާއި އެމްޑީޕީ އެކްޓިވިސްޓް ޒަހިއްޔާގެ މައްސަލަ ޕީޖީއަށް!

މެންބަރު މައުރޫފާއި އެމްޑީޕީ އެކްޓިވިސްޓް ޒަހިއްޔާގެ މައްސަލަ ޕީޖީއަށް!

ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުޙުމަތުގައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޛާކިރާއި އެމްޑީޕީގެ އެކްޓިވިސްޓް ފާތިމަތު ޒަހިއްޔާގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން މައްސަލަ ހުށަހަޅައިފިއެވެ.

Ad Image
Ads by

މި މައްސަލާގައި މަޢުރޫފާއި ޒަހިއްޔާގެ އިތުރުން އިތުރު މީހެއްގެ މައްޗަށް ދަޢުވާކުރަން ފުލުހުން ވަނީ ފޮނުވައިފައެވެ. އެއީ ޢަބްދުއްސަލާމް، މާފޮޅޭވިލާ / ނ. ހޮޅުދޫ އެވެ.

މިމައްސަލައިގެ ތަޙުޤީޤު ނިންމައި ޕީޖީ އޮފީހަށް ހުށަހަޅާފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. މި އެންމެންގެ މައްޗަށްވެސް ފުލުހުން އުފުލާފައިވަނީ ޣައިރު ޤާނޫނީ އެއްވުމެއް ރޫޅާލުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ތިން މީހުން ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި އެއްވުމުގައި، އެއްވެ އުޅުމުގެ ޤާނޫނާއި ޚިލާފަށް މާލޭގެ މަގުތައްމަތި ހަލަބޮލު ކުރުމުގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވެފައެވެ. މީގެ އިތުރުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި، އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބު އަދާކުރުމަށް މި ތިން މީހުން ވަނީ ހުރަސް އަޅައިފައެވެ.

އިހުތިޖާޖުކުރުމުގެ ނަމުގައި އެމްޑީޕީން އެރޭ ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން މެންބަރު މައުރޫފާއި އެމްޑީޕީގެ އެކްޓިވިސްޓް ޒަހިއްޔާއާއި ސަލާމްގެ އިތުރުން އިތުރު ބަޔަކު ވެސް ހައްޔަރުކޮށްފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި