Ads by
ޚަބަރު
ރައީސް އެދިވަޑައިގެންނެވީ ފަހު 10 ގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް
ރައީސް މުޢިއްޒު: އެދިވަޑައިގެންނެވީ ފަހު 10 ގެ ދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް - ފޮޓޯ:ޕީޕީއެމް

މި ރަމަޟާން މަހުގެ ފަހު 10 ގެ ދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

Ads by Eki Online

ރައީސް އޮފީހުން ކުރިއަށް ގެންދާ “ރައީސްގެ ޖަވާބު” ސިލްސިލާގެ ތެރެއިން މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ރަމަޟާން މަހުގެ ފަހު 10 ގެ ދުވަސްތަކުގައި ސަރުކާރު ބަންދުކުރައްވަން ނިންމެވީ ރޭ އަޅުކަމަށް ފުރުސަތު ދެއްވައި، މި ދުވަސްތަކުގައި އެންމެ ހެނދުނާ އޮފީހަށް ދިއުމުގެ ބުރަ ލުއިކޮށްދެއްވުމަށް ކަމަށެވެ.

“ސަރުކާރުން ނިންމީ ފަހު 10 އެއް ރޭ އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރުމަށް ފަސޭހަކޮށް ދިނުމަށްޓަކައި ދުވާލު ހެނދުނު ތެދުވެގެން އޮފީހަށް ގޮސް، މަސައްކަތަށް ދިއުމަށް ވުރެ މި ދުވަސްތަކަކީ އެއްކޮށް ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައެޅީމާ ފަހު 10 ގެ ހެޔޮ ދަރުމަ އާއި ސަވާބު ހޯދުމަށް އަޅުގަނޑުމެން އެންމެނަށް ވަރަށް ފަސޭހަވެގެން ދާނެ ކަމަށް،” – ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ރަމަޟާން މަހުގެ ފަހު 10 ގެ ދަރުމަ ދިވެހި ރައްޔިތުންނަށް ލިބުމަށް އެދިވަޑައިގަންނަވާކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ މި ދުވަސްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހުރިހާ ފަރާތްތަކުންވެސް ހިފާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

މިއީ ރަމަޟާން މަހުގެ ފަހު 10 އިގެ ދުވަސްތައް އަޅުކަމަށް ހާއްސަކޮށް ދިނުމަށް ދިވެހި ދައުލަތުން ނިންމިކަން އެނގެން އޮތް ފުރަތަމަ ފަހަރެވެ. ރައީސް ވަނީ ފަހު 10 ގައި ކޮންމެހެން ހިދުމަތަށް ނުކުންނަން ޖެހޭ ސަރުކާރު މުވައްޒަފުންނަށް ހާއްސަ އިނާޔަތެއް ދިނުމަށް ނިންމާފައެވެ. އަދި މި ރަމަޟާން މަހު ކާބޯތަކެތީގެ އަގު ބޮޑުވިޔަ ނުދޭން ހާއްސަ ފިޔަވަޅުތަކެއް އަޅައި ކާޑުގެ ބާވަތްތައް ހިމެނޭހެން ރޯދަ ހަދިޔާ ރައްޔިތުންނަށް ބަހާފައެވެ. އޭގެ އިތުރުން ކަރަންޓާއި ފެނުގެ ބިލުތަކަށް ލުޔެއް ދިނުމުގެ ގޮތުން ބިލުތަކުން ޑިސްކައުންޓެއް ދީ ވަކި މިންވަރެއް މާފުކޮށްދޭން ވެސް ވަނީ ނިންމާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *