Wednesday, 9 September 2026
Ads by

އިޒުރޭލުން އީރާނަށް މިސައިލް ހަމަލާތަކެއް: ރިޔާސީ ގަނޑުވަރަށް ވެސް ހަމަލާތައް އަމާޒުކޮށްފައިވޭ

އިޒުރޭލުން އީރާނަށް މިސައިލް ހަމަލާތަކެއް: ރިޔާސީ ގަނޑުވަރަށް ވެސް ހަމަލާތައް އަމާޒުކޮށްފައިވޭ

އިޒުރޭލުން އީރާނަށް މިލައިލް ހަމަލާތައް ދޭން ފެށުން--- ފޮޓޯ: އަލް-ޖަޒީރާ

އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދޭން ފަށައިފިއެވެ.

Ad Image
Ads by

އިޒުރޭލުން އީރާނަށް މިހާރު ދެމުން އަންނަ ހަމަލާތަކުގައި ތެހެރާނުގައި ހުންނަ އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން ދިރިއުޅުއްވާ ރިޔާސީ ގަނޑުވަރަށް ވަނީ ހަމަލާތަކެއް އަމާޒުކޮށްފައެވެ. މިއީ ރައީސް މަސްޢޫދު ޕެޒެޝްކިއަން އަވަހާރަކޮށްލުމުގެ ނިޔަތުގައި އިޒުރޭލާއި އެމެރިކާ އިން ގުޅިގެން، ދުރާލާ ރާވައިގެން ދީފައިވާ ހަމަލާތަކެއް ކަމަށް ބެލެވެއެވެ.

މީގެ އިތުރުން ދަ އެސޯސިއޭޓެޑް ޕްރެސް ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަ އެޤައުމުގެ ރޫޙާނީ ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީގެ އޮފީސް ހިމެނޭ ސަރަޙައްދަށް ވެސް އިޒުރޭލުން ވަނީ ހަމަލާތަކެއް އަމާޒުކޮށްފައެވެ. އިޒުރޭލުގެ ހަމަލާތައް ޚާމަނާއީގެ އޮފީސް ހިމެނޭ ސަރަޙައްދަށް އަމާޒުވީ ވަގުތު ޚާމަނާއީ ތެހެރާނުގައި ނެތް ކަމަށާއި އޭނާ މިހާރު ވަނީ ރައްކާތެރި ތަނަކަށް ގެންގޮސްފައި ކަމަށް ރޮއިޓާސްއާ ޙަވާލާދީ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

އީރާނުގެ ނޫސް އޭޖެންސީއެއް ކަމަށްވާ ތަސްނިމް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ތެހެރާންގެ އުތުރުގެ ސައްޔިދް ޚާންދާން ސަރަޙައްދަށް ވެސް އިޒުރޭރުން ވަނީ ހަމަލާ ދީފައެވެ.

އިޒުރޭލާއި އެމެރިކާ ގުޅިގެން އީރާނަށް މިހާރު ދެމުން ގެންދާ ހަމަލާތަކާއި ގުޅިގެން އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް ބުނެފައިވަނީ، އިޒްރޭލުން އިސްވެ ތިބެ އީރާނަށް މިސައިލް ހަމަލާތައް އަމާޒުކޮށްފައިވަނީ އީރާނުގެ ސަބަބުން އިޒުރޭލަށް އޮތް ނުރައްކާ ނައްތާލުމަށެވެ.

އެމެރިކާގެ އޮފިޝަލަކު އަލްޖަޒީރާއަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، އިޒުރޭރުން އީރާނަށް ހަމަލާ ދިނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން އެއްބަސްވުމަކަށް އައުމަށް އިޒްރޭލާއި އެމެރިކާ ގުޅިގެން ހިންގި އަސްކަރީ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.

އިޒްރޭލުން މިހާރު ވަނީ އީރާނުން ރައްދުގައި ހަމަލާ ދީފާނެކަމަށް ބުނެ، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައެވެ. އަދި މިހާރު ޢާންމުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް އިޒުރޭލުން މިހާރު ދަނީ ކުރަމުންނެވެ. މީގެ އިތުރުން ސަލާމަތީ ސަބަބުތަކަށްޓަކައި އިޒްރޭލުގެ އެއަރޕޯޓްސް އޮތޯރިޓީން ވަނީ ވައިގެ ދަތުރުތައް ނުކުރަން އަންގައި އެއަރޕޯޓުތައް ވެސް ބަންދުކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި