Wednesday, 9 September 2026
Ads by

ދަރަވަންދޫ ބިން ހިއްކަން އުޅޭ ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް: މުއްޠަލިބް

ދަރަވަންދޫ ބިން ހިއްކަން އުޅޭ ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް: މުއްޠަލިބް

ހައުސިންގ މިނިސްޓަރު ޢަބްދުﷲ މުއްޠަލިބް---

ބ. ދަރަވަންދޫގައި ބިން ހިއްކުމުގެ މަޝްރޫއެއް ފަށަން އުޅޭ ކަމަށް ބުނެ ”އަދަދު“ ނޫހުން ފަތުރަމުން ގެންދަނީ ދޮގު ޚަބަރެއް ކަމަށް ހައުސިންގް މިނިސްޓަރު ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިކަން ދޮގުކުރައްވަމުން މިނިސްޓަރު އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިދިޔަ އަހަރުގެ މެދުތެރޭގައި ދަރަވަންދޫ ބިން ހިއްކުމާ ގުޅޭގޮތުން ޕްރިލިމިނަރީ ކޮންސެޕްޓެއް ދިރާސާ ކުރެވުނު ނަމަވެސް އެފަދަ އެއްވެސް މަޝްރޫއެއް ކުރިއަށް ގެންދިއުމަށް މިހާތަނަށް އަދި އެއްވެސް ހުއްދައެއް ދީފައިނުވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ދަރަވަންދޫގައި ބިން ހިއްކުމުގެ އެއްވެސް މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާނަމަ އެކަމާ ގުޅޭގޮތުން އެރަށު ކައުންސިލާ ޙިއްޞާކުރަންޖެހޭ ހުރިހާ ރަސްމީ މަޢުލޫމާތުތަކެއް ޙިއްޞާކުރާނެ ކަމަށެވެ. ނަމަވެސް ދަރަވަންދޫ ކައުންސިލާއިއެކު އެފަދަ މުޢާމަލާތެއް ކުރިއަށް ގެންގޮސްފައިނުވާ ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.

ދަރަވަންދޫ ބިން ހިއްކުމާ ގުޅޭ އެއްވެސް މަޝްރޫއެއް ފަށަން މިހާތަނަށް އެއްވެސް ބަޔަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިނުވާ ފާހަގަކުރައްވަމުން މިނިސްޓަރު މުއްޠަލިބް އިތުރަށް ވިދާޅުވެފައިވަނީ އެފަދަ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް އެއްވެސް ނިންމުމެއް މިހާތަނަށް ނިންމާފައިވެސް ނުވާނެ ކަމަށެވެ.

ފިތުނަ އުފެދޭ ގޮތަށް ”އަދަދު“ ނޫހުން މިފަދަ ގޮތަކަށް ޚަބަރު ފަތުރަމުންދާއިރު، ރާއްޖޭގައި ކުރިއަށްގެންދާ ހުރިހާ މަޝްރޫއެއްވެސް ކުރިއަށްގެންދާނީ ކަނޑައެޅިފައިވާ ވަކި އުޞޫލުތަކަކާ އެއްގޮތަށްވާ ގޮތުގެ މަތިން ސިޓީ ނުވަތަ ރަށު ކައުންސިލްތަކާއި ރައްޔިތުންނަށް އެނގިގެންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު