Wednesday, 9 September 2026
Ads by

ރައްޔިތުންގެ އަޑުއައްސަވައިގެން ނޫނީ ބޮޑު ނިންމެވުމެއް މިހާތަނަށް ރައީސް މުޢިއްޒު ނިންމަވާފައި ނުވޭ: ޝިޔާމް

ރައްޔިތުންގެ އަޑުއައްސަވައިގެން ނޫނީ ބޮޑު ނިންމެވުމެއް މިހާތަނަށް ރައީސް މުޢިއްޒު ނިންމަވާފައި ނުވޭ: ޝިޔާމް

މިނިސްޓަރ ޝިޔާމް ރޭގެ ހަފްލާގައި ވާހަކަ ދައްކަވަނީ... ފޮޓޯ/ ޕީއެންސީ

ރައްޔިތުންނާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ސީދާ ބަސް ހޯދެއްވުމަށް ރައީސް ހާއްސަ އިސްކަމެއްދެއްވާ ކަމެއް ކަމަށާޢި، ރައްޔިތުންގެ އަޑު އައްސަވައިގެން ނޫނީ މިހާތަނަށް ބޮޑު އެއްވެސް ނިންމެވުމެއް ނިންމަވާފައިނުވާ ކަމަށް ފިޝަރީޒް މިނިސްޓަރ އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޕީއެންސީން ބޭއްވި ދިވެހީންގެރާއްޖެ ތަރާވީޙް ޙަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ، ރައީސް ނިންމަވާ ކޮންމެ ނިންމެވުމަކީވެސް ރައްޔިތުންގެ ލާބައަށް ނިންމަވާ ނިންމެވުމެއް ކަމަށެވެ.

”ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި އެއް ކަމަކީ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައްޔިތުންގެ ވޯޓަކަށް ނުގޮސް ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް އޮތް ”ލޫޕްހޯލް“ ތައް ބަންދުކުރެއްވުން . އަދި ޤައުމުގެ ސިޔާދަތާއި، ސަރަހައްދާއި، އަދި ރައްޔިތުންނާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ސީދާ ބަސް ހޯދުމަކީ ރައީސް އިސްކަންދެއްވާ ކަމެއް“: މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށާއި، ރައްޔިތުންގެ އަޑުއައްސަވައިގެން ނޫނީ ބޮޑު ނިންމެވުމެއް މިހާތަނަށް ނިންމަވާފައި ނުވާ ކަމަށެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވަނީ ރައީސް މުޢިއްޒުގެ ސަރުކާރުން މިހާތަނަށް ނިންމެވި އެފަދަ ބޮޑެތި ނިންމެވުންތަކަށް އަލިއަޅުއްވާލައްވާފައެވެ.

ރައީސް އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ތެރޭގައި ވޭޕް މަނާކުރުމާއި، ސިނގިރޭޓުގެ ޓެކްސް ބޮޑުކުރުން ފަދަ ނިންމެވުންތަކާ ގުޅިގެން ވިޔަފާރިވެރިންނާއި އެކި ޕްރެޝަރު ގްރޫޕުތަކުން ނުރުހުން ފާޅުކުރި ކަމަށާއި، ނަމަވެސް، އެއީ ޖީލެއް ސަލާމަތްކުރުމަށް ރައީސް ނިންމެވި ހިތްވަރުގަދަ ނިންމެވުމެއް ކަމަށް މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ. ހަމައެހެންމެ، ޑޮލަރުގެ މައްސަލައިގައި ނިންމެވި ނިންމެވުންތަކަށްވެސް ފާޑުކިޔުން އަމާޒުވި ނަމަވެސް، އެއީ ގައުމުގެ އިގްތިސާދީ ދުވެލި ރަނގަޅު ކުރުމަށް އެޅުއްވި ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ.

”އަޅުގަނޑުމެން މި ކުރަންއުޅޭ ކަމަކީ ސަރުކާރުން ރައްޔިތުންނާ ހަމައަށް ގެނެސްދޭ ތަރައްޤީގެ މަޝްރޫޢުތައް ބާރުސްޕީޑެއްގައި ކުރިއަށްގެންދިއުން. ދިވެހިރާއްޖޭގެ ތަރައްޤީ ސޮސްސާލާފައޮތް ސޮއްސާލުން ނިންމުމަކަށް ގެނައުން. މިހުރިހާ ކަމަކުންވެސް އަޅުގަނޑުމެންނަށް އެނގުނީ ރައްޔިތުންނަށް ފައިދާކުރާނެ، ރައްޔިތުންގެ ޖީބަށް ތަނަވަސްކަން ގެނުވާނެ ކަމަކަަށް ވެއްޖެެއްޔާމު އެ ހުރިހާ ކަމެއްވެސް އެމަނިކުފާނު ކުރައްވާތަން. މިއީ ހަގީގަތަކީ،“ ޝިޔާމް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނިންމެވި ނިންމެވުމަށް އަލިއަޅުއްވާލައްވާ ޝިޔާމް ވިދާޅުވީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރައްޔިތުންނަށް ފައިދާވާނެ ކަމެއް ކަމަށާއި، ނަމަވެސް މީގެ ކުރިން އެއްވެސް ސަރުކާރަކުން މިފަދަ ކަމެއްގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. މީގެ ކުރިން ޤާނޫނުއަސާސީއަށް ބަދަލު ގެންނަނީ މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ރައްޔިތުންގެ އަޑު އެހުމެއް ނެތި ކަމަށްވެސް މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި