Ads by
ޚަބަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ރަމަޟާން މަހު ޤުރުއާން މުބާރާތްތައް ބޭއްވުމަކީ މުހިންމު ކަމެއް: ފަސްޓްލޭޑީ
ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު: ވިދާޅުވީ ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ރަމަޟާން މަހުގައި ޤުރުއާން މުބާރާތްތައް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމަށް - ފޮޓޯ:ރައީސް އޮފީސް

ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ހާއްސަކޮށް ރަމަޟާން މަހުގައި ޤުރުއާން މުބާރާތްތައް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

Ads by Eki Online

މަރްހޫމް އިބްތިޙާލްގެ ހަނދާނުގައި ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ (ކެޕްސް) ގެ ފަރާތުން ބޭއްވި ޤުރުއާން މުބާރާތް 1445 ގެ އިނާމު ދިނުމުގެ ޖަލްސާގައި ފަސްޓްލޭޑީ ވަނީ ކެޕްސްއިން އިންތިޒާމުކޮށްގެން މިފަދަ މުބާރާތެއް ކުރިއަށް ގެންގޮސްފައިވާތީ އެކަން ޝުކުރުވެރިކަމާ އެކު ފާހަގަކުރައްވާފައެވެ. އަދި މިފަދަ ކަންކަމަކީ ތުއްތުކުދިންގެ ހިތްތަކުގައި އިސްލާމްދީނުގެ ރިވެތި އުސޫލުތައް އަށަގެންނެވުމަށްޓަކައި މުހިންމު ކަމެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މި ޖަލްސާގައި މުބާރާތުން އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ހޮވިފައިވާ ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައި ވަނީ ފަސްޓްލޭޑީއެވެ.

ޖުމްލަ 53 ދަރިވަރުން ބައިވެރިވެފައިވާ މި މުބާރާތަކީ ވިލިމާލޭގެ ދަރިވަރުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ޖުމްލަ ހަތަރު އުމުރުފުރައަކަށް ބަހާލައިގެން އަދި ހާއްސަ ކެޓަގަރީއެއްގެ ގޮތުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފުރުސަތު ހުޅުވާލައިގެންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ހުދުހުދު2 މަސް ކުރިން

ތިޔަހަރަ ކަހަލަ ކަންކަން ކުރަންވާނި އެކަމުގެ ޤަދަރާއި އިއްޒަތް އޮންނަ ގޮތަށް.

0
0