ސިނަމާލެ ބުރިޖުން މުދާ ބަރުކޮށްގެން ދިޔަ ޕިކަޕެއްގެ ފުރޮޅު ފަޅައިގެންގޮސް ފުރޮޅާލައި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ މި އެކްސިޑެންޓްގެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 9:45 ހާއިރުގައި ކަމަށެވެ.
ފުލުހުންބުނީ ހާދިސާ ހިނގީ މިއަދު ހެނދުނު ސިނަމާލެ ބުރިޖުން މާލެއިން ހުޅުމާލެއަށް ދިއުމަށް ކުނި ބަރުކޮށްގެން ދަތުރުކުރި ޕިކަޕެއްގެ ފުރޮޅު ފަޅައިގެންގޮސްގެން ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިިޔާއެއް ލިބިފައި ނުވާކަމަށެވެ. ޕިކަޕް ފުރޮޅާލީ ފުރޮޅު ފެޅިގެންގޮސް އަރި އަޅާލާ ފެންސުގައި ޖެހުމުގެ ސަބަބުން ކަމަށްވެސް ފުލުހުން ބުނެއެވެ.
މި ހާދިސާ އާއި ގުޅިގެން ފުލުހުން ދަނީ ބަލަންޖެހޭ ކަންކަން ބަލަމުން ކަމަށް ބުނެފައިވެއެވެ.













